0

ހިދާޔާ އިބްރާހީމް ދީދީ
ދިވެހި ތާރީޚަށްބަލާއިރު ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން މިފަސްގަނޑަށް އައީ ދުނިޔޭގެ ކޮންތާކުންކަމެއް އަޅުގަނޑުމެންނަށް އެނގޭކަށް ނެތެވެ. އާޡާރީ ހޯދުން ތަކުން މިހާތަނަށް އެންމެގިނަ މަޢުލޫމާތު ދިރާސާ ކުރެއްވުމުގައި ރާއްޖެއަށް އެންމެބޮޑަށް ޚިދުމަތްކުރި ޚިދުމަތްތެރިޔެއް ކަމަށްވާ އެޗް.ސީ.ޕީ.ބެލް މިކަމާ ބެހޭ ގޮތުން ދެގޮތަކަށް ހާމަކުރައވާފައިވެއެވެ. އޭގެތެރެއިން ފުރަތަމަ ގޮތަކީ ޢީސާއީ ދީނުގެ ފެށުން އައިޒަމާނުގައި ރާއްޖޭގައި ވަޒަންވެރިވެ އުޅުމަށް ސިންގަޅައިންގެ ބަޔަކު އޮޅުދޫކަރައިން އަިކަމަށް ސަރ އެލްބަރޓް ގްރޭ ވިދާޅުވެފައިވާ ގޮތެވެ. ދެވަނަ ގޮތެއްކަމަށް މިބޭފުޅާ ވިދާޅުވެފައިވަނީ އިސާއިދީން އައުމުގެ ހަތަރުފަސް ޤަރުނު ކުރިން އޮޅުދޫ ކަރައަށް އާރިއަނުން އައި ދުވަސްވަރު އެނަސްލުގެ އެހެން ބަޔަކު ރާއްޖެ ދަތުރު ކުރި ކަމަށެވެ.
ދިވެހިރާއްޖޭގެ އަސްލު ވަޒަންވެރިންނަކީ ކޮންތާކުންއައި ކޮންބަޔެއްކަން ނޭގުނަސް ގަބޫލުކުރަންޖެހޭ ހަޤީގަތަކީ އެބަޔަކު ރާއްޖޭގައި ވަޒަންވެރިވުމަށފަހު އެބަޔަކީ "ދިވެހިން" ކަމުގައެވެ. އަދި އެއީ އެހެން ޤަޢުމުތަކާއި ނުގުޅި އަމިއްލަ ވެރިކަމެއް ޤާއިމުކޮށްގެން އަމިއްލަ ވަންތަކަމާއި، އަމިއްލަ ފުދުންތެރިކަމާއެކު ދިރިއުޅެމުން ދިޔަބަޔެއްކަމެވެ. މިގޮތުގައި އެބައިމީހުން ދިރި އުޅެމުން ދިޔައިރު އެމީހުން ދިޔައީ ކައިރި އަވަށްޓެރި ޤަޢުމުތަކާ ގުޅުން ބަދަހި ކުރަމުންނެވެ. ފެށުނީއްސުރެވެސް ރާއްޖޭގައި ހަރުދަނާ ވެރިކަމެއް ދެމިގެން ގޮސްފައިވާކަން ދިވެހި ތާރީޚުން އެގެން އެބައޮތެވެ.

ދިވެހި ތާރީޚަށް ބަލައިލާއިރު ދިވެހިބަހުގެ އަސްލުކަމަށް ބެލެވެން އަޮތީ އެވޭލާ ސިންގަޅަބަހެވެ. އެވޭލާ ސިންގަޅަބަހުގެ ލަފުޒުތަކާއި އެބަހުގެ ގަވައިދުތަކާއި ހަމަތައް ދިވެހިބަހުގައިވާކަން އެނގޭއިރު ޕާލީބަހާއި، ސާންސްކިރިތާއި، ޕާކިރިތާއި ހިންދީއާއި މެލޭއާއި، ފާރިސީއާއި އުރުދޫއާއި، އަރަތްބާއި ޕޯޗްގިޒާއި އިނގިރޭސި، މިބަސްބަހުގެ ލަފުޒުތަކާއި ހަމަތައް ދިވެހިބަހުގައި އެކުލެވިފައިވެއެވެ. ދިވެހިން ދިވެހިބަސް ކުރިއަރުވަމުން އައިސްފައިވަނީ އަމިއްލަ އަކުރެއް އުފައްދައިގެން ކުރީގެ ބަހަށް ބަދަލުތަކެއް ގެންނަމުން ނެވެ. މިއީ ބަސްބަސް އުފެދި ތަރައްޤިވަމުން އަންނަ ހަމައެވެ.
Next
This is the most recent post.
Previous
Older Post

Post a Comment

 
Top