މުޙައްމަދު ޢަޠީފް
ހިންދު އެމާ ކަނޑުތެރޭން، މަލަފެހި ރުއްގަސްހެދޭ
މީމަގޭ އުފަން ބިމޭ ،
ދީބު ދިވެހި މީ
ކުލައަލި މާކަނޑުތެރޭން
، އަލި ރަތް މުތްހެން ދިރޭ
މީ މަގޭ އުފަންބިމޭ
، ދީބު ދިވެހި މީ
ދިވެހިރާއްޖެ އަކީ
1190 ރަށުގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ޤައުމެކެވެ. ރީތި ދޮންވެލި ތުނޑިތަކާއި
މުރަކައިގެ ރީތި ފަރުތަކަކީ މިކުޑަކުޑަ ޤައުމަށް
ލިބިފައިވާ އެންމެ އަގުހުރި ރައުސުލްމާލެވެ. މިރާއްޖޭގެ ބިމުގެ ބޮޑުމިނުގައި 298 ކިލޯމީޓަރު
ހުންނައިރު ރާއްޖޭގެ 99 އިންސައްތަ އަކީ މާސިންގާ ކަނޑެވެ. ރާއްޖޭގެ ރަށްތައް އިންޑިޔާ
ކަނޑުތެރޭގައި ފެތުރިފައިވާ ގޮތުން ބައެއް ސައްޔާޙުން "މުތުގެ ހާރެއް" ގެ
ގޮތުގައި ރާއްޛޭގެ ރަށްތައް ސިފަކުރާއިރު އަނެއްބައި މީހުން ރާއްޖެ ސިފަކުރަނީ ދުނިޔެމަތީގެ "ސުވަރުގޭގެ" ގޮތުގައެވެ.
ޤުދުރަތީ ގޮތުން ރާއްޖެ
ބެހިފައިވަނީ 26 އަތޮޅަށްކަމަށްވިޔަސް ދައުލަތް
ހިންގުމަށް ފަސޭހަ ކުރުމަށް ޓަކައި އިދާރީގޮތުން ރާއްޖެ މިހާރުވަނީ 20 އަތޮޅަކަށް ބަހާފައެވެ.
މީގެ ތެރެއިން މީހުން އުޅޭކަމަށް ބެލެވިފައިވަނީ އެންމެ 200 އެއްހާ ރަށުގައެވެ 90 އެއްހާ
ރަށް ރިސޯޓްތަކުގެ ގޮތުގައި ތަރައްޤީ ކުރެވިފައިވާ ވާއިރު ބާކީ ރަށްތައް ބޭނުންކުރެވެނީ
ދަނޑުވެރިކަންފަދަ މަސައްކަތްތައް ކުރުމަށެވެ
ދިވެހިރާއްޖޭގެ މާދަރީބަހަކީ
ދިވެހިބަސް ކަމަށްވީއރު ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ އިސްލާމީ
ޤައުމަކަށްވުމާއި އެކު ދިވެހިންގެ މާދަރީ ބަސް ކަމަށްވާ ދިވެހި ބަހުގައި އަރަބި ގޮތްފާޑު
ބޮޑެވެ ދިވެހި ލިޔެ އުޅެނީ ތާނަ އަކުރުން ދިވެހިރާއްޖޭގެ
ޤައުމީ މަލަކީ ފިޔާތޮށި ފިނިފެންމާ ކަމަށްވާއިރު ޤައުމީ ގަހަކީ ދިވެހި ރުކެވެ
ދިވެހިރާއްޖޭގެ ވެރިކަން
ކުރާ ރަށަކީ މާލެ ކަމުން އިޤްތިޞާދުގެ މައި ނާރެހަކަށް ވެފައިވަނީވެސް މިތަނެވެ . ފެނަވަރު
ރަނގަޅު ތަޢުލީމާއި ބޭސްފަރުވާގެ ޚިދުމަތްތައްވެސް ލިބެންހުރީ މާލޭގައި ކަމުން ރާއްޖެތެރެއިން
ގިނައަދަދެއްގެ ބަޔަކު ކޮންމެ އަހަރަކުވެސް މާލެއަށް ހިޖުރަކުރެއެވެ . ނަތީޖާއެއްގެ
ގޮތުން މާލެމިވަނީ ތޮއްޖެހިފައެވެ ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ދިރިއުޅެމުން
ގެންދަނީ މާލޭގައި ކަމަށް ތަފާސްހިސާބު ތަކުންދައްކައެވެ
ދިވެހިރާއްޖެއަށް ފުރިހަމަ
މިނިވަންކަމެއް ލިބުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވީ ދުވަހުއެވެ . އެވޭލާ
ޒަމާނުއްސުރެން ކުރެވެމުން އައި ވިރާސީ ވެރިކަން އުވި ޖުމްހޫރީ ވެރިކަމަކަށް ރާއްޖެ
ބަދަލުވީ 11 ނޮވެމްބަރ 1968 އަހަރުގައެވެ
ދިވެހިރާއްޖޭގައި ޖުމްހޫރީ
ވެރިކަމެއް އޮންނައިރު ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވަނީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ
މައްޗަށެވެ. ނަމަވެސް ދަނޑުވެރިކަމުގެ ސިނާޢަތާއި "ކޮންސްޓްރަކްޝަން "ގެ
ސިނާޢަތްވެސް ދަނީ ހަލުވި މިނެއްގައި ކުރިއަރަމުންނެވެ
Post a Comment